ރެޑްވޭވް

ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި

Feb 9, 2021

ރާއްޖޭގެ އެންމެ ބޮޑު އެއް ރީޓެއިލް ވިޔަފާރި ޗެއިން ކަމަށްވާ ރެޑްވޭވުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ "އަހަރީ ބާޒާރު" ގެ ނަސީބުވެރިން ހޮވައިފި އެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ފިހާރަ ކަމަށްވާ ހުޅުމާލޭގައި ހުންނަ "ރެޑްވޭވް މެގަ މޯލް" ގައި މިއަދު ކުރިއަށް ގެންދިޔަ ގުރުއަތުލުމުގައި ގުރުއަތުން ނަގާފައިވަނި އެ ފިހާރައިގެ މުވައްޒަފުންނެވެ.

މިދިޔަ ނޮވެމްބަރުން ފެށިގެން މިދިޔަ މަހުގެ 25 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އަހަރީ ބާޒާރު ޕްރޮމޯޝަނުގައި ނަސީބުވެރިގެ ގޮތުގައި 10 ފަރާތެއް ނަގާފައިވެ އެވެ. އަދި މީގެ ކޮންމެ މީހަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި އެއްވަނަ ފަރާތަކަށް 25،000 ރުފިޔާގެ އިނާމެއް ލިބޭނެ އެވެ. އެއް ވަނަ އަށް ހުށަހެޅި 25،000ރ. ގެ އިނާމު ލިބުނީ ކޫޕަން ނަމްބަރު 139803 އަށެވެ.

އަހަރީ ބާޒާރު ކުރި އަށް ގެންގޮސްފައިވަނީ ފިހާރަ ތަކުން ކުރާ ކޮންމެ 300 ރުފިޔާ އިން މަތީގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭ ގޮތަށެވެ.

މީގެ އިތުރުން އަހަރީ ބާޒާރު ކުރިއަށް ދިޔަ މުއްދަތުގައި ރެޑްވޭވުނުގެ ޕޭޖުގެ ޓޮޕް ފޭނުންގެ ގޮތުގައި ފަރާތްތަކެއް ނަގައި، ނަސީބުވެރި ފަސް ފަރާތެއް ހޮވާފައިވެ އެވެ.

ރެޑްވޭވް އިން ވަނީ އަންނަ ރޯދަމަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ. ރޯދައިގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ އެއްވަނަ ފަރާތަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ދެ އެވެ. އެ އިނާމުގެ އިތުރުން އިތުރު ފަސް ނަސީބު ވެރިޔަކަށް 10،000ރ. ގެ ފައިސާގެ އިނާމު ދެ އެވެ. މީގެ އިތުރުން ވެސް ސޯފާ ސެޓާއި އިލެކްޓްރޯނިކްސްގެ އިތުރުން އަގު ހުރި އެތަށް އިނާމްތަކެއް ހިމެނޭ ގޮތަށް އިތުރު 20 ފަރާތެއް މިއަހަރުގެ ރެޑްވޭވް ރޯދަ ސޭލްގައި ގުރުއަތުން ހޮވިގެން ދާނެ އެވެ.