ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފުވައްމުލައް

ދެ މީހަކު ޕޮޒިޓިވްވެ ފުވައްމުލަކަށް އަރާ ފޭބުން މަނާކޮށްފި

ކޮވިޑް-19 އަށް ފުވައްމުލައް ސިޓީން ދެ މީހަކު ޕޮޒިޓިވްވެ އެ ސިޓީއަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފި އެވެ.

ފުވައްމުލަކުން މި މަހުގެ ހަތްވަނަ ދުވަހު ވަނީ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގާފައެވެ. މިހާތަނަށް ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވްއެވެ. އެ ރަށުން 150 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

އެޗްޕީއޭއިން ބުނީ ދެ މީހަކު ޕޮޒިޓިވްވެ ފުވައްމުލަށް ސިޓީއަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެ ރަށް ހުޅުވާލާނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުންނެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފުވައްމުލަކުގެ ގިނަ ބަޔަކު މި ދުވަސްވަރު ޑޮކްޓަރަށް ދެއްކުމަށް އައްޑޫ ސިޓީއަށް ގޮސް އުޅެއެވެ. އައްޑޫސިޓީ މިހާރު އޮތީ ލޮކްޑައުންކޮށް އަރާ ފޭބުން މަނާކޮށްފައެވެ. އެސިޓީން 48 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ ރަށަށް ދިޔަ ފުވައްމުލަކުގެ މީހުން މީގެ ދެ ދުވަހެއް ކުރިން ފެށިގެން ތިބީ ކަރަންޓީންގައެވެ.