ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލަކަށް ފެޒްލީން

އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައިޝަތު ފެޒްލީން އައްޔަން ކޮށްފި އެވެ.

ފެޒްލީނަކީ 2009 ން ފެށިގެން ގާނޫނީ ދާއިރާގައި ހިދުމަތް ކުރައްވާ ބޭފުޅެކެވެ. ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ފެޒްލީން އެންމެ ފަހުން ހުންނެވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމުގަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި މިހާރު މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންގެ ތެރެއިން އެންމެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ފެޒްލީން ހިމެނި ވަޑައިގަންނަވަ އެވެ.

ފެޒްލީން ވަނީ ޝަރީއާ އިން ލޯއިން ގާނޫނުގެ ދާއިރާއިން ބެޗްލާސް ޑިގްރީއެއް ހާސިލްކުރައްވާފަ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން ކޮމްޕެރެޓިވް ލޯ އިން މާސްޓާސް ހާސިލްކުރައްވާފައި ވެސް ވެއެވެ.