އެޓާނީ ޖެނެރަލް

މި ދައުރަށް ސަރުކާރުން 33 ބިލެއް

މި މަހުގެ ހަތަރުވަނަ ދުވަހު ފެށުނު ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަށް ސަރުކާރުގެ ފަރާތުން 33 ބިލެއް ހުށައެޅުމަށް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މަޖިލީހުގެ މި ދައުރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފަށާފައިވާއިރު މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ރަސްމި ޖަލްސާތައް ވަނީ ފަށާފައެވެ. އޭޖީ އޮފީހުން މިއަދު މި ދައުރަށް ހުށައަޅަން ނިންމާފައިވާ ބިލްތަކުގެ މައުލޫމާތު ހާމަކުރައްވާފައެވެ.

މި ދައުރަށް ހުށައަޅަން ނިންމާފައިވާ ބިލްތައް

  • ކޮވިޑް ވެކްސިން ދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅާ ބިލް
  • އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • އެކިއެކި ލިޔުންތަކުގައި ރެނެވިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލް
  • މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލް
  • އެއްގަމުދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ކާބޯތަަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ބިލް
  • ވިހެއުމާއި މަރުވުން ރަޖިސްޓްރީ ކުރުމުގެ ބިލް
  • ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް
  • އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް
  • ގިންތި ކުރުމުގެ ބިލް
  • ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ހެއްކާބެހޭ ބިލް
  • ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް
  • ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • އިންތިގާލީ އިންސާފުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލް
  • ފޮރިން އިންވެސްޓްމަންޓްގެ ބިލް
  • ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • އިލެކްޓްރޯނިކް މުއާމަލާތްތަކާއި ބެހޭ ބިލް
  • ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކުރުމުގެ ބިލް
  • ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ގަލާއި ވެއްޔާއި އަކިރި ނެގުމުގެ ގާނޫނުގެ ބިލް
  • ނަފްސާނީ ސިއްހަތުގެ ބިލް
  • ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް