މީޑިއާނެޓް

ލަމްސް ކިޗަން މީޑިއާނެޓުގެ މަލްޓި ސްކްރީނަށް

Feb 13, 2021
1

މޯލްޑިވިއަން އައިޑޮލް ހުށަހަޅައިދިން ލަމްހާ ލަތީފް (ލަމް) ކެއްކުމުގެ ހުނަރު ފެނިގެންދާ ޝޯ މީޑިއާ ނެޓުގެ މަލްޓި ސްކްރީންގައި ދައްކަން ނިންމައިިފި އެވެ.

މީޑިއާނެޓުން ބުނީ ލަމްހާ ލަތީފުގެ ލަމްސް ކިޗަން ދައްކަން ނިންމާފައިވާ ކަމަށެވެ. މި ޝޯވް ކުރިއަށް ދާނީ ގިނަ ސެލެބްރިޓީން ބައިވެރި ކޮށްގެނެވެ. ލަމްސްކިޗަން ހޮސްޓް ކުރާނީ ވެސް ލަމް އެވެ.

މި ޝޯގައި އަބްދުﷲ މުއާޒު އާއި ރަވީ ފާރޫގާއި މަރިޔަމް އައްޒަގެ އިތުރުން ޝައްމޫން އާއި މަރިޔަމް މައީޝާ އަދި އިބްރާހިމް ޒައިދު އަލީގެ އިތުރުން އެހެން ތަރިން ފެނިގެން ދާނެ އެވެ.

މީޑިއާނެޓުން ދަނީ އާއްމުން ޝައުގުވެރިވާ ގިނަ އުފެއްދުންތަކެއް އެ ޓީވީގެ ޗެނަލްތަކަށް ގެންނަމުންނެވެ.