ހަބަރު

އެސްޓީއޯ މުވައްޒަފުންނަށް އިމާރާތްކުރުމާ ބެހޭ ޕްރޮގްރާމެއް ބާއްވައިފި

އިމާރާތްކުރުމާ ގުޅޭ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ގޮތުން މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލިޖީ (އެމްއައިޓީ) އިން އެސްޓީއޯ މުވައްޒަފުންނަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ބާއްވައިފި އެވެ.

"ފެމިލިއަރައިޒޭޝަން ވިތު ކޮންކްރީޓް އެންޑް އިޓްސް ސްޓްރެންތު" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އެސްޓީއޯގެ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި ޕްރޮގްރާމެކެވެ.

ޖުމްލަ ދެ ޝެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ސިމެންތި އާއި ކޮންކްރީޓް މަސައްކަތްތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދިން ކަމަށް އެމްއައިޓީ އިން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމުގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސައިޓުގެ 13 މުވައްޒަފަކު ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރެއިން 9 މުވައްޒަފަކު ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ހާސިލު ކުރި ކަމަށް އެމްއައިޓީ އިން ބުންޏެވެ.

އެމްއައިޓީ އަކީ އަބަދުވެސް އެކި ކުންފުނިތަކާއި އެކި ދާއިރާތަކުގެ މީހުންނަށް، އެމީހުން އެންމެ ބޭނުންވާ ކަންކަމަށް ބެލުމަށްފަހު މިފަދަ ޕްރޮގްރާމްތައް ބާއްވާ ބައެކެވެ.