ސިފައިންންގެ ލަފާ ދޭ މަޖިލީހަށް ފުރަތަމަ ފަހަރަށް އަންހެން އޮފިސަރުން އައްޔަނުކޮށްފި އެވެ.
އެ މަގާމަށް މިއަދު އައްޔަނު ކުރީ ލެފްޓިނެންޓް ކާނަލް ލެފްޓިނެންޓް ކާނަލް ހައްވާ ޝެނީން އާއި ޑރ.ފާތިމަތު ތަހުސީނާ އިބްރާހީމް އެވެ.
ލެފްޓިނެންޓް ކާނަލް ޝެނީންއަކީ މިހާރުވެސް ސިފައިންގެ ކޯޕަރޭޓިވްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ. އަދި ލެފްޓިނެންޓް ކާނަލް ޑރ. ތަހުސީނާ އިބްރާހީމް އަކީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާ އެވެ.
ސިފައިންގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ސިފައިންގެ ލަފާދޭ މަޖިލީހަކީ ސިފައިންގެ އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމުގައި ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް މަޝްވަރާ އާއި ލަފާ ދިނުމަށް ސިފައިންގެ ލަފާދޭން އެކުލަވާލައިފައިވާ މަޖިލީހެކެވެ. އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށްވެސް ބުނެފައި ވެއެވެ.