ވިޔަފާރި

ބަދަލު ކުރަންވީ ކޮން އެއްޗެއް؟

Feb 16, 2021
5

ރާއްޖޭގައި ބަދަލު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. ދިރިއުޅުމުގެ ހާލަތު ބަދަލު ކުރަން ޖެހެ އެވެ. ގިނަ ބައެއްގެ ލައިފް ސްޓައިލް ބަދަލު ކުރަން ޖެހެ އެވެ. އަދި މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަކީ ވެސް ބަދަލު ކުރަން ޖެހޭ ކަމެކެވެ. ބަދަލު ވާން ޖެހޭ ކަމެކެވެ. މި ހުރީ ހައްތަހާ ވެސް ބަދަލު ކުރަން ޖެހޭ ކަންކަމެވެ.

އެކަމަކު މި ފަހަރު މި ބަދަލު ނުވެގެން އުޅެނީ ކޮން ކަމެއް ކަމެއް ނޭނގެ އެވެ. ނޫސްތަކުގެ އެޑް ސްލޮޓްތަކާއި ސޯޝަލް މީޑިއާ އިން މިހާރު ފެންނަ "# ބަދަލުކުރަމާ" އަކީ ކޮންކަމެއް ބަދަލު ކުރަން ކިޔާ އެއްޗެއް ހެއްޔެވެ؟ ބަދަލު ކުރަންވީ ކޮން އެއްޗެއް؟

ބަދަލު ކުރަމާގެ އިސްތިހާރުތައް ފެންނަތާ ދުވަސް ގަނޑަކަށްފަހު، އެންމެ ފަހުން "ބަދަލުކުރަމާ" މިވަނީ ސޯޝަލް މީޑިއާ އަށް ވެސް ނުކުމެފަ އެވެ. އެފްބީ އިން ވީޑިއޯއެއް ފެންނަ ފަށާފަ އެވެ.

މި ފަހަރު ފެންނަނީ ސައިން ލޭންގް އޭޖުން ވާހަކަ ދައްކާ މީހަކާ އެކުގަ އެވެ. އޭނަ ސައިން ލޭންގުއޭޖުން ބުނަނީ ބަދަލު ކުރަންވީ އެވެ. އެކަމަކު މިއީ އާއްމު ގޮތެއްގައި ރާއްޖޭގައި މި ބާވަތުގެ ކެމްޕޭންތައް ނޫނީ އިސްތިހާރު ކުރާ މީހުން ބޭނުން ކުރާ އުކުޅެއް ނޫނެވެ. އެހެންވެ، މިކަން ކުރި ބަޔަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިހުސާސް ތަކަށް ވެސް އިހުތިރާމް ކުރާ ބައެއްކަން އެނގެ އެވެ.

ކޮންމެއަކަސް، ސައިން ލޭންޖުއޭޖުން ބުންޏަށް ނޫނީ އިސްތިހާރަކުން ބުނެދިނަސް މި ބަދަލު ކުރަން ޖެހޭ އެއްޗެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.