އެމްޑަބްލިއުއެސްސީ

ފެންކުންފުނީގެ ފައިސާގެ ރަސީދަށް ވެބްޕޭޖެއް

Feb 18, 2021
2

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ވަނީ ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ފަހު ފައިސާގެ ރަސީދު ފޮނުވާނެ ވެބްޕޭޖެއް ހަދާފަ އެވެ.

އެމްޑަބްލިޔުއެސްސީން ވަނީ އެ ކުންފުނީގެ ޑައިރެކްޓް ބޭންކް ޓްރާންސްފާ ބޭނުން ކުރާ ފަރާތްތަކުން ފައިސާ ޓްރާންސްފާ ކުރުމަށް ފަހު ރަސީދު ފޮނުވަން ކަސްޓަމަރުނަށް ހަނދާން ކޮށްދީފަ އެވެ.

ބައެއް ފަރާތްތަކުން ފައިސާ ދެއްކުމަށް ފަހު މި ވެބްޕޭޖް މެދުވެރިކޮށް ފޯމް ފުރާފައި ނުވާތީ އެ ކަސްޓަމަރުންގެ އެކައުންޓްތައް އަޕްޑޭޓް ކުރުމަށާއި، ފައިސާ ދައްކާ ފަރާތްތައް ދެނެގަތުމަށް ދަތިތަކަކާއި ކުރިމަތިވަމުން އަންނަ ކަމަށް ވެސް ފެން ކުންފުނިން ބުންޏެވެ. އަދި އެފަރާތްތަކުން މި ވެބްޕޭޖްގައިވާ ފޯމު ފުރުމަށް ވެސް އެދިފައި ވެއެވެ.