ކުނި މެނޭޖް ކުރުން

ކައުންސިލްތަކާ ގުޅިގެން 10 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތަކެއް އަޅަނީ

ކައުންސިލްތަކާ ގުޅިގެން 10 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތަކެއް ގާއިިމްކުރަން ނިންމައިފި އެވެ.

މިއަދު އެންވައެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީއާއި ކައުންސިލްތަކާ ދެމެދު ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.

ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރަން ނިންމި ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ވަށަފަރު،
ހއ. އުތީމު، ހދ. ނައިވާދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނެއްލައިދޫ، ށ. ނަރުދޫ އަދި ގދ. ތިނަދޫ ހިމެނެ އެވެ.

ސަރުކާގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ބަޖެޓުން ކުރިއަށް ގެންދަން ނިންމާފައިވާ އެ މަޝްރޫއަށް 9.1 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

އެ މަޝްރޫއުގެ ދަށުން ކައުންސިލްތަކަށް ފަންނީ ލަފާ ދޭން އެންވަޔަަރަމަންޓް މިނިސްޓްރީ ވަނީ އެއްބަސްވެފަ އެވެ.
ނަމަވެސް އެ މަސައްކަތުގެ ޓެންޑެރިން މަސައްކަތް ކުރާނީ ކައުންސިލްގެ ފަރާތުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.