ރިޔާސީ ލޯންޗް ކޮޅު، "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުުގެ ހަމަލާއާ ގުޅިގެން ގައުމަށް ގައްދާރުވުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ނައިބު ރައީސ އަހުމަދު އަދީބު އޭނާގެ ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދަން އޭނާއަށް ތާއީދު ކުރާ މީހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
ދޫނިދޫގައި ގާއިމުކޮށްފައިވާ ތަހުގީގު ޖަލުގައި ހުންނަވައިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމު މެދުވެރިކޮށް މިރޭ ވަނީ އެ މެސެޖް ދެއްވާފަ އެވެ.
ޝަމީމް ވިދާޅުވީ ނައިބު ރައީސަކީ ސިޔާސީ ހަރަކާތް ހިންގަވަމުން ވަޑައިގެންނެވި ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދަން އެމަނިފާނަށް ތާއީދު ކުރާ މީހުންނަށް ހުއްދަދެއްވާފައިވާ ކަމަށެވެ.
"އެގޮތުން 'އަހުމަދު އަދީބު ޑޮޓްކޮމް' ނަމުގައި މިރޭ އެމަނިފާނުގެސިޔާސީ ހަރަކާތްތައް ފެންނަ ވެބްސައިޓެއް ލޯންޗްުރާނެ. އަދި މިރެއިން ފެށިގެން އެމަނިކުފާނުގެ ޓްވިޓާ އެކައުންޓާއި ފޭސްބުކް އެކައުންޓް ވެސް އެކްޓިވް ވާނެ،" ޝަމީމް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެކަންކަން ގެންދާނީ އެކަންކަމާ ހަވާލުވެ ތިބި ބަޔަކު ކަމަށެވެ.
ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް 15 ދުވަހުގެ ބަންދު މުއްދަތު ދީފައިވާއިރު އެމަނިކުފާނުގެ ފަރާތްޕުުޅުން ވަނީ އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފުކޮށްފަ އެވެ. މީގެ އިތުރުން އެމަނިކުފާނަށް ކުރާ ތުހުމަތުތަކަށްފަހު ނައިބު ރައީސް ކަމުގެ މަގާމުން ދުރު ކުރުމަށް އިތުބާރު ނެއްކަމުގެ ވޯޓް ނަގަން މަޖިލީހަށް ވައްދާފައިވާއިރު އެ މައްސަލައިގެ ނޯޓިސް ވެސް ވަނީ ނައިބު ރައީސަށް ފޮނުވާފަ އެވެ.