ރީޖަނަލް އެއާޕޯޓްސް

ރީޖަނަލް އެއާޕޯޓްސްތަކުގެ އަގު މަގުކުރަން ކުރި އިއުލާނު ބާތިލް

Feb 20, 2021
2

ރާއްޖޭގައި ހިންގަމުން ގެންދާ ރީޖަނަލް އެއާޕޯޓްސްތައް އަގުމަގު ކުރަން ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރުސީއެލް) އިން ކުރި އިއުލާނު ބާތިލްކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބަލަހައްޓާ ހުރިހާ އެއާޕޯޓްސްތަކެއް އަގުމަގު ކުރަން އިއުލާނު ކޮށްފައި ވަނީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް އެ ކުންފުނިން ވަނީ މި އިއުލާނު މިހާރު އަލުން ބާތިލު ކޮށްފަ އެވެ.

ސަރުކާރުން ރީޖަނަލް އެއާޕޯޓްސް ކުންފުނި އުފައްދާފައި ވަނީ އެތެރޭގައި ހުރި ހުރިހާ އެއާޕޯޓުތަކެއް ވިޔަފާރި އުސޫލުން ހިންގުމުގެ މަގުސަދުގަ އެވެ.

މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ސަރުކާރުން އައްޔަން ކޮށްފައިވަނީ ކުރިން މޯލްޑިވިއަންގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ރިޒުވީ އެވެ. އޭނާގެ ހިންގުންތެރި ކަމަށް ފާޑުކިޔުން އަމާޒުވެފައި އޮވެއެވެ.