ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ގައިޑްލައިނާ ހިލާފަށް ޕާޓީއެއް ބޭއްވުމުން ސޯލްޓް ކެފޭ ޖޫރިމަނާކޮށްފި

އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ސޯލްޓް ކެފޭގައި ބޭއްވި ކައިވެނި ޕާޓީއެއް ފުލުހުން ހުއްޓުވައިފި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ފުރަތަމަ ފުލުހުން ގޮސް އެ ޕާޓީ ހުއްޓާލުމަށް ނަސޭހަތް ދިނެވެ.

ނަމަވެސް ފުލުހުން އަނބުރާ ދިއުމުން އަނެއްކާ ޕާޓީ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ފަހުން ފުލުހުން ވަނީ ގަދަކަމުން އެ ޕާޓީ ހުއްޓުވައިފަ އެވެ. ނަމަވެސް ފަހުންވެސް ޕާޓީ ކުރިއަށް ގެންދިޔަ ކަމަށް އެ ކެފޭގައި އެ ވަގުތު ތިބި ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ސޯލްޓް ކެފޭ ޖުރިމަނާކޮށްފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ.

އެ ޕާޓީގައި ބައެއް މީހުން އުޅުނީ މާސްކުވެސް ނާޅަ އެެވެ.

ކޮރޯނާ ވައިރަސް މިފަހުން އިތުރުވާން ފެށުމުން ޕާޓީތައް ފަދަ ހަފްލާތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

މި ފަހުން މާލެއިން ކޮންމެ ދުވަހަަކުވެސް އެވްރެޖްކޮށް 100 އަށްވުރެ މީހުން ކޮވިޑަށް ދަނި ޕޮޒިޓިވްވަމުންނެވެ.