ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

30 އަހަރުން މަތީ މީހުންގެ ވެކްސިން ފަށަނީ

30 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ކުރިން ވެކްސިން ދެމުން އައީ 35 އަހަރުން މަތީ މީހުންނަށް އެކަންޏެވެ. އަދި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ. އެޗްޕީއޭއިން މިރޭ ބުނީ 30 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 48 ސެންޓަރަކުން އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 80،000 ވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ. މާލެ ސަރަހައްދުން މިއަދު ވެކްސިން ދިން 4،409 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 1،588 މީހެކެވެ.