އައްޑޫ ސިޓީ

ހުޅުމީދޫގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އަންގައިފި

ކޮވިޑް-19އިން ރައްކާތެރިވުމަށް އައްޑޫ ސިޓީގެ ހުޅުދޫމީދޫ ގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގަވައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އެންގުމުގައި ބުނެފައިވަނީ މި މަހުގެ 24ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ހުޅުމީދޫގައި ހަތް ދުވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަންގާ ކަމަށެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި އެޅި ފިޔަވަޅުތައް

  • ރޭގަނޑު 8 ކުން ފަތިހު 4އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ،
  • މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ،
  • ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާ،
  • އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން،
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން،
  • އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވުން މަނާ،
  • ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން،
  • ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން،
  • ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުން،
  • ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން

އައްޑޫ ސިޓީގައި ދެ ކްލަސްޓާއެއް ވަނީ އުފެދިފައެވެ. މިހާތަނަށް އެ ސިޓީން ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން އެ ސިޓީގައި ފިޔަވަޅުތައް ހަރުކަށި ކޮށްފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.