މުހައްމަދު މަބްރޫކް އަޒީޒް

މޮރޮކޯ ކުދިން ގެނެސްދޭ ޕޯސްޓަރުގައި މަބްރޫކުގެ ނަމްބަރު!

Feb 24, 2021
8

ކައިވެނި ކުރަން މޮރޮކޯއިން އަންހެން ކުދިން ގެނެސްދޭ ކަމަށް ބުނެ ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒާއި އެ އޮފީހުގެ އެހެން މުވައްޒަފެއް ކަމަށްވާ މުހައްމަދު ޝުރެއިހުގެ ފޯނު ނަންބަރު ހިމަނައިގެން ފޭސްބުކާއި ޓްވިޓާގައި ޕޯސްޓަރެއް ދައުރު ދައުރުކޮށްފި އެވެ.

އެ ދެ ބޭފުޅުންގެ ފޯނު ނަމްބަރާއެކު ޓްވިޓާ އާއި ފޭސް ބްކުގައި ދައުރުކުރި ޕޯސްޓް ރަސްމީ / ނުރަސްމީ ވައިބާ އަދި ވަޓްސްއެޕް ގްރޫޕްތަކުގައި ވެސް ޝެއާ ކުރަމުން ދިޔައެވެ. އޭގެ ސަބަބުން އެ ދެ ބޭފުޅުންނަށް ގިނަ ބަޔަކު ފޯނުކޮށް ސުވާލުތައް ކޮށްފައި ވެއެވެ.

މަބުރޫކް މިއަދު ވިދާޅުވީ އެއީ ބަޔަކު ސަމާސާއެއް ނުވަތަ ޖެއްސުމަކަށްވި ނަމަވެސް އެއީ ކަންބޮޑުވުން އޮތް ސީރިއަސް މައްސަލައެއް ކަމަށެވެ. އެ ޕޯސްޓުގައި އޭނާގެ ފޯނު ނަމްބަރު ހިމެނުމުގެ ސަބަބުން އެކި ފަރާތްތަކުން ގިނަ އަދަދެއްގެ ކޯލުތައް ކުރާތީ ފޯނު ނިންވާލަން މަޖުބޫރުވި ކަމަށެވެ.

މަބްރޫކާއި ސުރައިހުގެ ނަމްބަރު ހިމަނައިގެން މިވަގުތު ވެސް ދައުރު ކުރަމުން ދާ އެ ޕޯސްޓްގައި "މޮރޮކޯގެ އަންހެނުންނާ ކައިވެނި ކުރަން ދިވެހިންނަށް ރަނުގެ ފުރުސަތެއް އެބައޮތް" ކަމަށް އިސްތިހާރުކޮށްފައި ވެއެވެ. އެކި އުމުރުފުރައިގެ އަންހެނުންތަކެއްގެ ފޮޓޯ ޖަހައި އެއިން ބޭނުން މީހަކު ހިޔާރުކޮށް އިނދެވިދާނެ ކަމަށް ބުނެފައި ވެއެވެ. އަދި އެއިން މީހަކާ ކައިވެނި ކުރަން ބޭނުންނަމަ ގުޅަން ދީފައި ވަނީ ސުރައިހާއި މަބުރޫކު މޮބައިލް ނަމްބަރެވެ. ރައީސްގައި ވަޒީފާ އަދާ ކުރައްވާ އެ ދެބޭފުޅުންނަނީ އެ އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ދެ އެކުވެރިންނެވެ.

އެ ދެބޭފުޅުން ނަމްބަރު ހިމެނޭ ގޮތަށް މަޣުރިބުގެ އަންހެނުންތަކެއް ޕެކޭޖްކޮށްފައިވާ ޕޯސްޓްގައި އަންހެނުން "ވިއްކާ" އަގަކީ 2،500 ޑޮލަރެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި. މި މައްސަލަ ފުލުހުންގެ ސަމާލް ކަމަށް ގެންދިއުމުން މިހާރު ވަނީ ބަލަން ފަށާފަ އެވެ.