މަތީ ތައުލީމް

ޓިވެޓް ސެންޓަރުތައް ގާއިމް ކުރަން މަޝްވަރާކޮށްފި

Feb 25, 2021
1

ޖޫނިއާ ކޮލެޖް އަދި ޓިވެޓް ސެންޓަރުތައް ގާއިމް ކުރުމާބެހޭ ގޮތުން ކައުންސިލްތަކާއި ދާއިރާތަކުގެ މަޖްލިސް މެމްބަރުންނާއިއެކު މަޝްވަރާ ބައްދަލުވުންތަކެއް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބާއްވަވައިފި އެވެ.

ފުރަތަމަ ބައްދަލުވުމުގައި ކެނދިކުޅުދޫ ދާއިރާގެ މަޖްލިސް މެމްބަރު އަހުމަދު އީސާ އާއި ކެނދިކުޅުދޫ ކައުންސިލް މެމްބަރުންނާއި އެކު މަޝްވަރާ ކުރެއްވީ އެ ރަށުގައި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އިންވެސްޓްމަންޓްއެއްގެ ގޮތުގައި ޖޫނިއާ ކޮލްޖްއަކާއެކު ކިޔަވާ ކުދިން ތިބުމަށް ދަނާލެއް ގާއިމް ކުރުމަށް މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާއި ބެހޭ ގޮތުންނެވެ.

ދެއަހަރުގެ މުއްދަތެއްގެ ތެރޭގައި ކިޔެވުން ފުރިހަމަ ކުރާގޮތަށް ތައުލީމާއި ތަމްރީނުގެ ކޯސްތައް ފަރުމާ ކުރާނީ ނ. އަތޮޅު ހިމެނޭ ސަރަހައްދުގެ ސިނާޢީ މަސައްކަތްތަކަށް އަމާޒުކޮށްގެން ވަޒީފާގެ ބާޒާރަށް އަދި އިތުރަށް މަތީ ތައުލީމު އުނގެނުމަށް މަގުފަހިވާނެ ގޮތަށެވެ.

ނ.އަތޮޅުގެ ރަށް ތަކުގެ އިތުރުން ށ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު ރަށްތަކުގެ ކުދިންނަށް ވެސް ޖޫނިއާ ކޮލެޖްގެ ބޭނުންތެރިކަން މި ނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިފަދަ ދެވަނަ ބައްދަލުވުމުގައި ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖް ގާއިމް ކުރުމާއި ބެހޭގޮތުން ބޭއްވުނު މަޝްވަރާކުރި އިރު އެހެން ބައްދަލުވުމެއްގައި ފުވައްމުލަކު ބައެއް މެންބަރުންނާ ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.