މަސްތުވާތަކެތި

ޕެސްޓާއެކު ހައްޔަރުކުރި މީހުންގެ މައުލޫމާތު ހާމަކޮށްފި

ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދާދި ފަހުން ހައްޔަރުކުރި ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓް އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާއެކު ޝާމިލްވި އިތުރު މީހުންގެ މައުލޫމާތު ހާމަކޮށްފި އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 2.5 ކިލޯގެ މަސްތުވާތަކެއްޗާއެކު މިމަހުގެ 13 ވަނަ ދުވަހު ޖުމްލަ ފަސް މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފަ އެވެ.

ޕެސްޓާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ލ. ގަން/ތުނޑިީ އަވަށުގެ ތިން ފިރިހެނަކު ހިމެނެ އެވެ. އެއީ އެރަށު ހަނދުވަރީހިޔާ އަހުމަދު ޝަމްއޫން (30އ) އާއި ރޯޝަންހިޔާ، އަހުމަދު ހުސާމް (26އ) އާއި އަދި އަބަދަށްއުފާ، މުހައްމަދު ސުއައިދު (23އ) އެވެ. ދެން ހިމެެނެނީ މއ. މަލިކުރުވާގެ އަބްދުﷲ ސާޖިއު ހަސަަން (23) އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ހޯދީ މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ގެން ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގްކުރަމުން ނެވެ.