ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މޯދީ ކޮވިޑް ވެކްސިން ޖައްސަފައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަފައިފި އެވެ. ވެކްސިން ޖެއްސެވީ ނިއު ދިއްލިގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް ގަ އެވެ.

މޯދީ ވެކްސިން ޖެއްސެވުމަށް ފަހު ޓްވީޓާގައި ވިދާޅުވެފައި ވަނީ ދުނިޔެއިން ކޮވިޑް ނައްތާލަން ކުރާ މަސައްކަތްތަކުގައި އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ސައިންސްވެރިން އަވަދިނެތި ކުރައްވާ މަސައްކަތްތައް ފަހަގަކުރައްވާ ކަމަށެވެ.

އިންޑިއާގައި 60 އަހަރުން މަތީ އުމުރުފުރައަށް އަދި 45 އަހަރާ 59 އަހަރުގެ އުމުރުފުރައަށް ވެކްސިންދޭނެ ވެށީ މާޗް އެކެއްގަ އެވެ.

އިންޑިއާގައި ފާއިތުވި ދެމަހެއްހާ ދުވަސް ވެފައި ވަނީ ކޮވިޑް ކޭސްތައް މަދު ދުވަސްކޮޅަކަށެވެ. އެހެން ނަމަވެސް ވެކްސިންގެ ދެވަނަ ބުރު ފެށުމަށް ސިއްހީ އޮފިޝަލުން އަންނަނީ ތައްޔާރުވަމުންނެވެ.

ކޮވިޑް ވެކްސިންއަކި ސަރުކާރުން މުޅިން ހިލޭ ދޭ ޚިދުމަތެއް ނަމަވެސް ޕްރައިވެޓް ކްލިނިކްތަކުން ޑޯޒަކަށް 250 ރުޕީޒް ނަގާނެ ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ. ޖެނުއަރީ 16 ގައި ވެކްސިން ޕްރޮގްރާމް ފެށިފަހުން ދިއްލީގައި ފުރަތަމަ ދުވަހު ވެސް 4،319 ސިއްހީ މަސައްކަތްތެރިން ވަނީ ވެކްސިން ޖަހާފަ އެވެ.