ކުޑަކުދިން

މަސްފެންގަނޑަށް ވެއްޓުނު ކުއްޖަކު އައިސީޔޫގައި

ރ. އުނގޫފާރުގައި މަސްފެންގަނޑަކަށް ވެއްޓުނު ކުއްޖަކަށް ފަރުވާ ދޭން ފަށައިފިއެވެ.

އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވީ މަސްފެންގަނޑަށް ވެއްޓުނީ އެއް އަހަރާ ހަަތަރު މަހުގެ އަންހެން ކުއްޖެއް ކަަމަށެވެ.

އޭނާއަށް އެންމެ ފުރަތަމަ އީއާރުގައި ފަރުވާ ދިނުމަށް ފަހު މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގަ އެވެ.

މެނޭޖަރު ވިދާޅުވި ހޮސްޕިޓަލަށް ގެނައިރު ތުއްތު ކުއްޖާގެ ވިންދު ހުރި ކަމަށާއި އަދި ނޭވާ ވެސް ލާ ކަމަށެވެ.

މީގެ ކުރިންވެސް މިފަދަ ދެ ހާދިސާ ހިނގައިފައި ވެއެވެ. އެ ހާދިސާތަކުގައިވެސް ތުއްތު ކުދިންގެ ފުރާނައަށް ނުރައްކާވެ އައިސީޔޫގައި ފަރުވާ ދީފައި ވެއެވެ.