ހަބަރު

"މަ ހައްޔަރު ކުރާނެ ލިސްޓެއް ވެސް ގެންދާނެ ކޯޓެއް ވެސް ނުހުންނާނެ"

Oct 31, 2015
6

ހައްޔަރު ކުރާ މީހުންގެ ލިސްޓެއްގައި ވެސް ނޯންނާނެ ކަމަށައި އަދި އޭނާ ގެންދާނެ ކޯޓެއް ވެސް ނުންނާނެ ކަމަށް ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިންމަނިކު ވިދާޅުވެއްޖެ އެވެ.

އޭނާ މީގެ ކުޑައިރުކޮޅެއް ކުރި ޓްވީޓްތަކެއްގައި ބުނެފައި ވަނީ "މަ ހައްޔަރު ކުރާނެ ލިސްޓެއް ވެސް ގެންދާނެ ކޯޓެއް ވެސް ނެތް" ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ "ފިތުނަވެރި ބައިގަނޑު ހަމަ ބުއްދީގައި ތިބުމަށް އެދޭ" ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނ ސޯޝަލް މީޑީއާގައި އޭނާއާ ދިމ ކުރި ނަމަވެސް ޖަވާބު ނުދީ މަޑު ކުރެއްވީ ކަމަށާއި ނަމަވެސް ދެން އެގޮތަށް ފޮށޭ އެންމެން ބްލޮކް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ވިދާޅުވީ މިދިއަ 10 އަހަރު އެމްޑީޕީއަށް ނުގުޑި މީހަކު ދެންވެސް އެމްޑީޕީގެ މަޅީގައި ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީނަށް ދިން ބޮމުގެ ހަމަލައަށާއި އޭގެ ފަހުން ހިންގި ބަލައި ފާސް ކުރުމުގެ އޮޕަރޭޝަންތަކަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވީ އެ ޖަރީމާ ހިނގި މީހުންނަށް ޝަރީއަތުން ދެވޭ އެންމެ ބޮޑު އަދަބު ދިނުމަށް ގޮވާލައްވާ ކަމަށާއި މި ހިނގައިދިޔަ ހާދިސާ ނޮވެމްބަރު 3 އަށްވުރެ އެންމެ ތަންކޮޅެއް ވެސް ކުޑަ ނޫން ކަމަށާއި ހަމައެކަނި ތަފާތަކީ މީހަކު ޝަހީދު ނުވާކަން ކަމަށެވެ.