ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ހިއްސާގެ ފައިދާ ޖަމާކުރަން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2019 ވަނަ އަހަރު ލިބުނު ފައިދާ ބެހުމުގެ ހުއްދަ، މަރުކަޒީ ބޭންކުން ދިނުމާއެކު، ހިއްްސާގެ ފައިދާ އެކަންޓުތަކަށް ޖަމާ ކުރަން ފަށައިިފި އެވެ.

ބީއެމްއެލް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ އޮގަސްޓް 31 ގައި ބޭއްވި އެ ބޭންކުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައި ފާސްކުރެވުނު ހިއްސާގެ ފައިދާ ބެހުމުގެ ހުއްދަ އެމްއެމްއޭ އިން ދީފައިވާ ކަމަށެވެ. އެހެންކަމުން ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރެއްވުމަށް އެދިވަޑައިގެންފައިވާ ހިއްސާދާރުންގެ ފައިދާ ވާނީ އެފަރާތްތަކުގެ އެކައުންޓަށް ޖަމާ ކުރަން ފެށިފައި ކަމަށެވެ. އަދި އަހަރީ އާންމު ޖަލްސާގައި ފާސްކުރި ގޮތަށް ހިއްސާގެ ފައިދާ ދިނުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓް 2020 (ބުކް ކޮލޯޝަ ޑޭޓް) އާ ހަމައަށް މި ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ ހިއްސާދާރުންނަށެވެ.

އަދި މިގޮތަށް އެދިވަޑައިގެންފައިނުވާ ހިއްސާދާރުންގެ ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރެއްވުމަށް ނުވަތަ ބޭންކް އެކައުންޓް ބަދަލުކުރެއްވުމަށް ބޭނުންފުޅުވާ ހިއްސާދާރުން އަންނަ މަހުގެ 30 ގެ ކުރިން މައުލޫމާތު ފޯމު ފުރިހަމަ ކުރަން ޖެހެ އެވެ.

ހިއްސާދާރުންގެ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު ބީއެމްއެލްގެ މައި އޮފީހުގެ 6 ވަނަ ފަންގިފިލާގައި
ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ނުވަތަ މި ބޭންކުގެ ބްރާންޗަކަށް ނުވަތަ ބީއެމްއެލް ކޯޕަރޭޓް އެފެއާޒް އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މި ފޯމު ބީއެމްއެލްގެ ވެބްސައިޓްގެ މި ލިންކް އިން ޑައުންލޯޑްކުރެވެ އެވެ.

ބީއެމްއެލް އަށް 2019 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް ބަހަނީ 26ރ. އެވެ. ބީއެމްއެލް އިން 2018 ވަނަ އަހަރު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހާފައި ވަނީ 124 މިލިއަން ރުފިޔާ އެވެ. އެ އަހަރު ހިއްސާއަކަށް ޖެހިފައިވަނީ 24ރ. އެވެ.