މޯލްޑިވިއަން

މުވައްޒަފުން ހަޅުތާލު ހުއްޓާލައި މޯލްޑިވިއަން ސްޕޭން ދަތުރުތައް ފަށައިފި

Mar 5, 2021

މޯލްޑިވިއަން ސީޕްލޭންގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރުމަށްފަހު އަލުން މަސައްކަތަށް ނުކުމެއްޖެ އެވެ.

ގައުމީ އެއާލައިންގެ ސީޕްލޭން ޕައިލެޓުންނާއި އިންޖީނިއަރުން ހަޅުތާލު ކުރީ ޗީޕް ޕައިލެޓް ކެޕްޓަން މުސްތަފާ މަންސޫރު ކުއްލި ގޮތަކަށް، މަގާމުން ދުރު ކުރުމުންނެވެ. އެހެންވެ ހަޅުތާލުތަކުގެ ސަަބަބުން ސީޕްލޭންގެ ދަތުރުތައް ހުއްޓިގެން ދިޔަ އެވެ.

މުސްތަފާ މަގާމުން ވަކި ކުރި މައްސަލާގައި އެ ކުންފުނީގެ މުވައްޒަފުން ވަނީ މެނޭޖިން ޑިރެކްޓަރު އަހުމަދު މިހާދު އަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

މޯލްޑިވިއަންއިން ކުރި ޓުވީޓެއްގައި ބުނީ ޕައިލެޓުންގެ ފަރާތުންވަނީ ހައްލުކުރަން ހުރިކަންކަން ހައްލުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. މެނޭޖްމަންޓުންވަނީ އެކަންބޮޑުވުންތައް އަޑުއަހާ ހައްލުކުރަންހުރި ކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ ސީޕްލޭން މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް އަލުން ދަތުރުތައް ފަށާފައިވާ ކަމަށެވެ.

"އެދެމުން ދިޔައީ ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއްގެ ވާހަކަ. އެކަން ހައްލުކޮށް ވަނީ މަސައްކަތަށް ނުކުމެ، ދަތުރުތައް ވެސް ފަށާފަ،" އޮފިޝަލް ވިދާޅުވި އެވެ.