މީޑިއާނެޓް

4426 މީޑިޔާނެޓުގެ މަލްޓި ސްކްރީންގައި ޕްރިމިއަ ކުރަނީ

Mar 8, 2021

ދިވެހި ފިލްމު 4426 މީޑިޔާނެޓުގެ މަލްޓި ސްކްރީނަށް ވަރަށް އަވަހަށް އަންނާނެ ކަމަށް މީޑިޔާނެޓުން ބުނެފި އެވެ.

މީޑިޔާނެޓުން ބުނީ މި ފިލްމު މަލްޓި ސްކްރީނަށް ނެރޭނީ މި މަހުގެ 11 ވަނަ ދުވަހުގައި ކަމަށެވެ.

4426 އަކީ 2016 ވަނަ އަހަރު ނެރެފައިވާ ދިވެހި ބިރުވެރި ފިލްމެކެވެ. މި ފިލްމު ލިޔެފައިވަނީ ފާތިމަތު ނަހުލާ އެވެ. ފާތިމަތު ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތަށް ކުޅެފައިވަނީ މަޝްހޫރު ފިލްމު ކުޅުންތެރިން ކަމަށްވާ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު އާއި އިސްމާއިލް ޖުމައްޔިލުގެ އިތުރުން ޝީލާ ނަޖީބު އެވެ.

މީޑިޔާނެޓުން ބުނާ ގޮތުގައި 4426 ގެ އިތުރުން މީޑިޔާނެޓުގެ ފުރަތަމަ އޮރިޖިނަލް ފިލްމު "މަރިޔަމް" އާއި ކައްކާ ޝޯ "ލަމްސް ޗިކެން" ވެސް ވަރަށް އަވަހަށް މަލްޓި ސްކްރީނަށް އަންނާނެ އެވެ.

މީޑިޔާނެޓް މަލްޓި ސްކްރީން އެޕް މެދުވެރިކޮށް މީޑިޔާނެޓުގެ ޗެނަލްތަކާއި "ކެޗަޕް ސާވިސް " ބޭނުންކޮށްގެން ހަތަރު ދުވަސް ކުރީގެ ސޯތައް ވެސް ބަލައިލެވޭނެ އެވެ.