މޯލްޑިވްސް ކަސްޓަމްސް ސާވިސް

25 ޓަނުގެ މަނާ ތަކެތި ނައްތާލައިފި

Mar 8, 2021
1

ރާއްޖެ އެތެރެކުރުން މަނާ ބާވަތްތައް ހިމެނޭ 25 ޓަނުގެ ތަކެތި ކަސްޓަމްސް އިން ނައްތާލައިފި އެވެ.

މި ތަކެތި ނައްތާލާފައިވަނީ އިއްޔެ ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

ކަސްޓަމުން ބުނީ ނައްތާލެވުނު ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގާ ހިމެެނެނީ ބަނގުރަލާއި ބަނގުރާ އެކުލެވޭ ތަކެތި އަދި ބަނގުއާވި އާއި އޫރުމަހުގެ އިތުރުން ސިގިރޭޓް އާއި އިސްލާމްދީނާ ހިލާފް ތަކެތި އަދި ހިފަހައްޓާފައިވާ މަނާތަކެއްޗާއި ބޭސް ކަމަށެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށްވެސް ކަސްޓަމުން ބުންޏެވެ. އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބުނެއެވެ.