މިނިސްޓްރީ އޮފް އެޑިއުކޭޝަން

އިތުރު ހަފްތާއަކަށް އެލްކޭޖީ އިން 6 އަށް ކިޔެވުން އޮންލައިން

މާލެ ސަރަހައްދުގެ ސުކޫލުތަކުގައި އެލްކޭޖީއިން ފެށިގެން ގުރޭޑް 6 އަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ނިންމުން އިތުރު ހަފްތާއަށް ދަންމާލައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ރާއްޖެ މިހާރު އޮތީ ކޮވިޑްގައި މިހާތަނަށް ތަޖުރިބާ ނުކުރާ ފަދަ ގޯސް ހާލަތެއްގައި ކަމަށްވެސް ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ހަފްތާއަށް މާލެ ސަރަހައްދުގެ ސުކޫލުތަކުގައި އެލްކޭޖީއިން ފެށިގެން ގުރޭޑް 6 އަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ އެޗްޕީއޭއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށްވެސް ބުންޏެވެ.

އަދި ގުރޭޑް ހަތަކުން ފެށިގެން 12 ގެ ދަރިވަރުން ސުކޫލަށް ހާޒިރުވެ ކިޔެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.