މާރާމާރީ ހިންގުން

މާލޭގައި މާރާމާރީއެއް ހިންގައިފި

Mar 11, 2021
1

މާލޭގައި މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން ބުނީ މިއަދު އިރޮއޮއްސުނު ވަގުތު ލޮނުޒިޔާރަތްކޮޅުން ބައެއްގެ މެދުގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ މީހުން ވަނީ އެ ސަރަހައްދުން ގޮސްފައި ކަމަށް ވެސް ބުންޏެވެ.

ނަމަަވެސް އެ މަރާމާރީއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.

މިއަދު ހިނގި މާރާމާރީގެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.