މާރާމާރީ ހިންގުން

ފޭދޫގައި މަރާމާރީއެއް، ހަތް މީހަކަށް އަނިޔާ

Mar 11, 2021
2

އައްޑޫ ސިޓީ ފޭދޫގައި ހިނގި މާރާމާރީ އެއްގައި ހަތް މީހަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ފޭދޫ ކުޑަކުދިން ޕާކު ސަރަހައްދުގައި ދެ ގުރޫޕެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި ހަތް މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މިރޭ 6:30 އެހާކަންހާއިރު ފުލުހުންނަށް މި މައްސަލައިގެ ރިޕޯޓް ލިބިފައިވާ ކަމަަށްވެސް ބުންޏެވެ.

މާރާމާރީގައި އަނިޔާވި ބައެއް މީހުންނަށް ފޭދޫ ހެލްތް ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ބައެއް މީހުން ހިތަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އެބަ ދެއެވެ. އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.