ބަނގުރާ

ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި

Mar 14, 2021

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުން ބުނީ މިތަކެއްޗަކީ 42 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެއްޗެހި ކަމަށެވެ. އޭގެތެރޭގައި 210 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 5510 ފުޅިއާއި، 290 ޕެޓްފުޅިއާއި، 4947 ބިޔަރު ދަޅުގެ އިތުރުން 24 ހަން ހިމެނެ އެވެ. އަދި ފަސް ލީޓަރުގެ ނުވަ ފުޅިއާއި ނުވަ ޓައްޕު އަދި 192 އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެ ދޫނިދޫގައި ފުލުހުން މިތަކެތި ނައްތާލައިފައި ވަނީ ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކުގެ އިތުރުން ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ނައްތައިލި ތަކެތީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އަންނަ ފަތުރުވެރިންގެ އަތުން އަތުލާފައިވާ ބަނގުރަލުގެ އިތުރުން ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭ ތަކެތި ވެސް ހިމެނެ އެވެ.