މޯލްޑިވްސް ޕޮލިސް ސާވިސް

84 ފުލުހަކު ދަސްވެނިވެއްޖެ

ބައްތިރީސް ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިން ފުރިހަމަކުރި 84 ފުލުހަކު ދަސްވެނިވިއްޖެ އެވެ.

ޕޮލިސް އެކަޑަމީން ހިންގި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުގެ ދަސްވެނިވި ހިނގާލުމުގެ ރަސްމިއްޔާތު މިރޭ ދ. ވާނީގައި ވަނީ ބާއްވާފައެވެ.

ޕޮލިސް ޓްރެއިނިން ސްކޫލް، ދ. ވާނީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް އެވެ.

ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ހަސަން އިރުޝާދުއެވެ. ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ހަސަން އިރުޝާދަށް ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އެކްސަލެންސް އެވޯޑްވެސް މިރަސްމިއްޔާތުގައި ހަވާލުކޮށްފައެވެ. އިރުޝާދަށް މި އެވޯޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

މިކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް އިބްރާހިމް އުސްމާން އެވެ. އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ހަސަން އިރުޝާދުއެވެ. ސްކޮޑްތަކުގެ ވަނަތަކަށް ބަލާއިރު، ރަންވިއްކާ ސްކޮޑުން އެއްވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް ރީޝާން މުހއްމަދު ހޮވުނުއިރު ހާޖީ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ހުސައިން ޖައިޝަމްއެވެ.

އާނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލްހަސަން އިރުޝާދުއެވެ. ކޯހުން އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ ރަންވިއްކާ ސްކޮޑެވެ. އެންމެ މޮޅު ސްކޮޑަށްޝީލްޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.