އޭސީސީ

ގިނައިން ޕީޖީއަށް ފޮނުވީ ނުފޫޒުގެ މައްސަލަތައް

ދައުވާ ކުރުމަށް މިދިޔަ އަހަރު އެންމެ ގިނައީ ޕީޖީ އޮފީހަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ މައްސަލަތައް ކަަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

މިދިޔަ އަހަރު އޭސީސީ އަށް 938 މައްސަލަ ހުށަހެޅި ކަމަށް އެ ކޮމިޝަންގެ އަހަރީ ރިޕޯޓުގައި ވެއެވެ. އެއީ އެ ކޮމިޝަނުން އިސްވެ ބަލަން ނިންމި 82 މައްސަލައަކާއި ކޮމިޝަނަށް ހުށަހެޅި 856 މައްސަލަ އެކެވެ.

އޭސީސީން ބުނީ މިދިއަ ތިން އަހަރުގެ ތެރެއިން އެންމެ ގިނައިން ދައުވާ ކުރަން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިދިޔަ އަހަރުގައި ކަމަށެވެ. އެގޮތުން 15 މައްސަލައެއްގައި ދައުވާ ކޮށްދޭން އެދި ފޮނުވި ކަމަށެވެ.

ކޮޝަނުގެ އަހަރީ ރިޕޯޓުގައިވާ ތުގައި 2020 ވަނަ އަހަރު 961 މައްސަލައެއް އެ ކޮމިޝަނުން ބަލާ ނިންމި އެވެ. އެއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 35 ޕަސެންޓް އިތުރު އަދަދެކެވެ.

ދައުވާ ކުރުމަށް މިދިއަ އަހަރު ފޮނުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަ ކަަމަށާއި، އަދި ތަހުގީގާއި ދިރާސާ ކަރުދާސްތަކަށްފަހު އިދާރާތަކަށް އިސްލާހު ކުރުމަށް 341 އެންގުމެއް އޭސީސީން އަންގާފައިވާކަމަށް ރިޕޯޓުގައި ވެއެވެ.