ދިވެހި ސިނަމާ

އާޓިސްޓް ޑައިރެކްޓްރީއެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ނޭޝަނަލް ސެންޓަރު ފޯ ދި އާޓްސް (އެންސީއޭ) ގެ ވެބްސައިޓް އާއި އާޓިސްޓް ޑައިރެކްޓްރީ އެއް ހަދައިދޭނެ ބަޔަކު ހޯދުމަށް އެ ސެންޓަރުން އިއުލާނު ކޮށްފި އެވެ.

އެންސީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސެންޓަރުން އަންގާ ގޮތެއްގެ މަތިން އެންސީއޭގެ ވެބްސައިޓް އަދި އާޓިސްޓް ޑައިރެކްޓްރީއެއް ހަދައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ ދެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ބަޔަކު މައުލޫމާތު ސާފުކޮށް އެސްޓިމޭޓް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

މައުލޫމާތު ސާފު ކުރުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އޮލިންޕަސް ކޮމްޕެލްކްސް ގައެވެ. އެސްޓިމޭޓް ހުށައެޅުން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ހެނދުނު 10 ޖަހާއިރު އޮލިންޕަސް ކޮމްޕެލްކްސް ގައެވެ.

އެންސީއޭއިން ބުނީ އެސްޓިމޭޓް ހުށައެޅޭނީ މައުލޫމާތު ސާފުކުރާ ބަޔަކަށް އެކަނި ކަމަށެވެ.