ދުނިޔެ

ޔަމަނަށް ބާރުގަދަ ތޫފާނެއް އަރައިފި

ސަންއާ (ބީބީސީ) ޔަމަނާއި ދިމާލަށް މިސްރާބުހިފާފައިވާ ވަރުގަދަ ތޫފާން މިހާރު ވަނީ އެގައުމުގެ ގިނައިން މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރު ރަށަކަށް އަރާފައެވެ. އެރަށުން އެކަކު މަރުވެފައި ވާއިރު، މިހާރު މި ތޫފާން މިސްރާބު ޖަހާފައި ވަނީ ޔަމަނުގެ ބައިބޯ ސަހަރުތަކާ ދިމާލަށެވެ.

އދ. އިން ބުނެފައި ވަނީ މިއީ ވަރަށް ބާރުގަދަ ތޫފާނެއް ކަމަށާއި ޔަމަނު ސަރަހައްދުގެ ކަނޑުތައްވެސް އާދަޔާ ހިލާފަށް ގަދަ ކަމަށެވެ. މިހާރު ބެލެވޭ ގޮތުގައި މި ތޫފާނުގެ ބޯ ކެރިގަނޑުގައި ޔަމަނުގެ ބައެއް ސަރަހައްދުތަކަށް ދެދުވަސް ތެރޭ ވެހޭ ވާރޭ އެ ހިސާބު ތަކަށް އަހަރަކު އެވަރެޖްކޮށް ވެހޭ ވާރޭގެ ދިހަ ގުނައަށް އަރާނެއެވެ.

ޗަޕާލާގެ ނަން ދީފައިވާ މި ތޫފާނާއެކު ޖެހެމުންދާ ގަދަ ވަޔާއި ބޯ ވާރޭން ސަލާމަތްވުމަށް އެތައް ބަޔަކު ދަނީ ސްކޫލްތަކާއި ފަރުބަދަ ތަކުގެ ހޮހަޅަތަކަށް ޖަމާވަމުންނެވެ. އެތައް ސަތޭކަ ބަޔަކު އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މިހާތަނަށް އަށްޑިހަ ގެ ވަނީ ސުންނާފަތިވެފައެވެ.

މިހާރު ތޫފާން އަރާފައިވާ ޔަމަނުގެ ސޮކޮޓްރާ އަކީ ބައި ލައްކަ މީހުންގެ އާބާދީއެއް އޮންނަ، އެތައް ގޮތަކުން ހާއްސަ ރަށެކެވެ. ޔަމަނުގެ މައި ބިމާ ވަކިން އޮންނަ މި ރަށަކީ އަމިއްލަ ބަހަކުން ވާހަކަ ދައްކާ ބަޔަކު އުޅޭ ރަށެކެވެ. އަދި ދުނިޔޭގެ އެހެން އެއްވެސް ހިސާބަކުން ނުފެންނަ އެތައް ބާވަތެއްގެ ގަސްގަހާގެހި މި ރަށުގައި ހެދޭއިރު، ތަފާތު ކިތަންމެ ޖަނަވާރެއް މި ރަށުގައި އުޅެއެވެ.

ގަބޫލު ކުރެވޭ ގޮތުގައި މިއީ މިއީ ފަހުގެ ތާރީހެއްގަކއި ޔަމަނަށް ނާރާ ވަރުގެ ތޫފާނެކެވެ.