ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު އެމެރިކާ ސަފީރާ ބައްދަލުކުރައްވައިފި

Mar 22, 2021

އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ބީ ޓެޕްލިޓްޒްއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުން މިއަދު ހެނދުނު ކުރިއަށް ދިޔައީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގަ އެވެ. ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި ކައުންސަލް ޖެނަރަލް ފާތިމަތު ފިލްޒާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ކަމަށެވެ.