މޯލްޑިވްސް ޕޮލިސް ސާވިސް

އާންމުންގެ ތެރޭން ފުލުސް ބޯޑަށް ހަ ނަމެއް

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލައި ފުލުހުންގެ ބޯޑުގެ މެމްބަރު ކަމަށް އާންމުންގެ ފަރާތުން ހަ ފަރާތެއް ކުރިމަތިލައްވައިފި އެވެ.

ޕޮލިސް ބޯޑް އެކުލެވިފައި އޮންނަނީ ހަތް މެންބަރުންގެ މައްޗަށެވެ. ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ދެ މީހުންނެވެ

އާންމުންގެ ތެރެއިން މެމްބަރުކަމަަށް ކުރިމަތިލެއްވި ހަ ފަރާތުގެ ނަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ފޮނުވައިފަ އެވެ.

ކޮމެޓީއަށް ފޮނުވި ނަންތައް

  • އިބްރާހީމް ތައުފީގު މޫނިސް، މއ. ރިހިވިލާގެ
  • މުހައްމަދު އިމްރާން ޝަރީފް، މ. ތަންތަރާ
  • އައިޝަތު ރަޝީދު، ކޮކާގެ، ސ. ފޭދޫ
  • ޝަފާ ޝަރީފް، ދެތަނޑިމާގެ، ސ. ހުޅުދޫ
  • އަހުމަދު އުސައިދު ހަސަން، ލަކީ ސްޓާ، ގދ. ހޯނޑެއްދޫ
  • ހައްވާ ރީނާ، މ. ދިއްގަލި

އާންމުންގެ ތެރެއިން ފުލުހުންގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެންމެ ފުރަތަމަ އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. އެފަހަރު އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރާއެކު ފަސް ފަރާތަކުން ކުރިމަތިލި އެވެ. ހާމިދު ބޯޑަށް އައްޔަން ކުރަން މަޖިލީހުން ފާސް ކުރި ނަމަވެސް ދެން ކުރިމަތިލި އެއްވެސް ފަރާތްތަކަށް މަޖިލީހުން ރުހުމެއް ނުދެ އެވެ.