ރެޑްވޭވް

ރޯދަ މަސް ކައިރިވަނީ، ރެޑްވޭވުން އަގު ހެޔޮ ކުރަނީ

Mar 30, 2021

ރޯދަ މަސް ކައިރިވާ ވަރަކަށް ރެޑްވޭވުން އަގު ހެޔޮކުރާ ތަކެތީގެ ލިސްޓު ދިގުވެ، އެންމެ ފަހުން އާއްމުކޮށް ބޭނުންކުރާ ގިނަ ތަކެތީގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

ރެޑްވޭވުން ބުނީ ގޭބިސީތަކުގައި އެންމެ އާއްމު ގޮތެއްގައި ބޭނުން ކުރާ ތަކެތީގެ އަގު ހެޔޮ ކުރުމާއެކު، ރޯދަމަހަށް ބޭނުންވާ ތަކެތީގެ ތެރެއިން އޮރެންޖާއި ކެރެޓު އަދި އިނގުރާއި ލޮނުމެދު އަދި ލުނބޯގެ އަގު ބޮޑުތަނުން ހެޔޮ ވެގެން ގޮސްފައިވާ ކަމަށެވެ.

ރެޑްވޭވުން މިތަކެތި ވިއްކާ އަގުތައް

  • އޮރެންޖެއް 3 ރުފިޔާ އަށް
  • ކެރެޓު ކިލޯއެއް 25 ރުފިޔާ އަށް
  • އިނގުރު ކިލޯއެއް ހުރީ 45 ރުފިޔާ އަށް
  • ލޮނުމެދު ކިލޯއެއް 35 ރުފިޔާ އަށް
  • ލުނބޯ ކިލޯއެއް 30 ރުފިޔާ އަށް އަދި މިތަކެތި މިއަގުތަކުގައި ރޯދަމަހުގައިވެސް ހިފެހެއްޓުމަށްޓަކައި ރެޑްވޭވްގެ އަމާޒެއްކަމުގައި އެކުންފުނިން މައުލޫމާތު ދެއެވެ.

އެ ކުންފުނިން ބުނީ އަދި މިތަކެތި މި އަގުތަކުގައި ރޯދަމަހުގައި ވެސް ހިފެހެއްޓުމަށްޓަކައި ރެޑްވޭވްގެ އަމާޒެއް ކަމަށެވެ. އެ ކުންފުނިން އަމާޒަކީ އެންމެ ހެޔޮއަގުގައި ކާބޯތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ހައްސަކޮށް ރަމަސާން މަހު ރައްޔިތުންނަށް ލުއިކޮށްދީ އަގުތައް ހެޔޮކޮށްދިނުމަށް ދުރާލާ މަސައްކަތް ފަށާފައިވާކަން ފާހަގަކޮށްލެވެ އެވެ.

ރެޑްވޭވުން ދާދިފަހުން ވަނީ އާއްމު ގޮތެއްގައި ރޯދަ މަހު އަގު އެންމެ ބޮޑުވާ ފިޔާ، އަލުވި އަދި ބިހުގެ އަގުވެސް ހެޔޮކޮށްފަ އެވެ.