މާރާމާރީ ހިންގުން

މާރާމާރީ ހިންގި ބަޔަކު ހޯދަނީ

މާލެ ސިޓީގައި މިރޭ ހިނގި މާރާމާރީއެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މުރަނގަ މަގުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 8:13 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު މާރާމާރީ ހިންގި މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާރާމާރީއާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށްވެސް ބުންޏެވެ.