ބޭރު ކުޅިވަރު

އަންނަ އަހަރު ޖެރާޑް ކުޅުން ހުއްޓާލަނީ

އަންނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލަން ގަސްތު ކުރާ ކަމަށް އެލްއޭ ގެލެކްސީގެ މިޑްފީލްޑަރު ސްޓީވަން ޖެރާޑް ބުނެފި އެވެ.

ލިވަޕޫލާއި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ބުނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުން ކުރެވޭ މި އަހަރު އޭނާ ދެކޭގޮތް އަންނަ އަހަރު ބަދަލުވެދާނެ ކަމަށެވެ.

ނަމަވެސް މި އަހަރު އެލްއޭ ގެލެކްސީއާއެކު ކުރެވުނު ތަޖުރިބާ އަންނަ އަހަރު ތަކުރާރު ކުރަން ބޭނުންވާ ކަމަށެވެ.

ލިވަޕޫލަށް ފާއިތުވެދިޔަ 17 އަހަރު ކުޅުނު ޖެރާޑަކީ އެކުލަބުގެ ލެޖެންޑެކެވެ. އޭނާ ވަނީ 710 މެޗު އެކުލަބަށް ކުޅެނީ 186 ގޯލު ޖަހާދީފަ އެވެ.

ޖެރާޑް ބުނީ އެމެރިކާގައި ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ހާއްސަކޮށް އަވޭ މެޗުތައް ކުޅުމަކީ ވަރަށް ގިނަގޮތްގޮތުން އޭނާ އަށް ގޮންޖެހުންތައް ކުރިމަތިވާ ކަމެއް ކަމަށެވެ. މި ގޮތުން އުސްތަންތަނުގައި ކުޅެން ޖެހުން ފަދަ ކަންތައްތައް 35 އަހަރުގެ ކުޅުންތެރިޔާ ފާހަގަކޮށްފައިވެ އެވެ.