މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް އޮޕަރޭޝަން: ބަނގުރަލާއެކު ހަތަރު މީހަކު ހައްޔަރު

ފުލުހުން މިއަދު ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެެއްގެ ބަނގުރަލާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލޭގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ފެރީއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

ބަލާ ފާސްކުރުމުގެ މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކޮށްފައިވަނީ ތިން ބިދޭސީންނާ ދިވެއްސެކެވެ.

ބަނގުރާ ހޯދާފައިވަނީ ފެރީން ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.