މީޑިއާނެޓް

މީޑިއާނެޓުން ކުޅިވަރަށް ހާއްސަ ޗެނަލްއެއް ލޯންޗުކޮށްފި

Apr 2, 2021

މީޑިއާ ނެޓުން ކުޅިވަރަށް ހާއްސަ ޗެނަލެއް ލޯންޗުކޮށްފި އެވެ. މިއީ ރާއްޖޭގައި ކުޅިވަރަށް ހާއްސަ ފުރަތަމަ ޗެނަލެވެ.

"އައި ސްޕޯޓްސް" ގެ ނަމުގައި ލޯންޗުކުރި މި ޗެނަލްއިން ރާއްޖެ އާއި ބޭރު ދުނިޔޭގެ ކުޅިވަރު އިވެންޓްތަކާއި ކުޅިވަރާއި ގުޅުންހުރި ހާއްސަ ޝޯތަކާއި ކުޅިވަރުގެ އެކި ކަންކަމާއި ގުޅޭ މައުލޫމާތު ގެނެސްދޭނެ އެވެ.

މީޑިއާ ނެޓުން ބުނީ "އައި ސްޕޯޓްސް" ފެންނާނީ "Ch102" އިން ކަމަށެވެ. މީގެ އިތުރުން މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕް މެދުވެރިކޮށް ވެސް މި ޗެނަލް ފެންނާނެ އެވެ. "އައި ސްޕޯޓްސް" ލޯންޗު ކުރުމާއެކު މިހާރު ކުރިއަަށްދާ ބުންޑަސްލީގާގެ މެޗުތައް ވަގުތުން ދުރަށް ދައްކާނެ އެވެ.

މި މަހުގެ ތިންވަނަ ދުވަހު ކުޅޭން ހަމަޖެހިފައިވާ ތިން މެޗާއި ހަތަރުވަނަ ދުވަހު ކުޅޭނެ ދެ މެޗްވެސް "އައި ސްޕޯޓްސް" އިން ދައްކާނެ އެވެ.

މީޑިއާ ނެޓުން މިހާރުވެސް "އައިސް ޓީވީ" ގެ ނަމުގައި ޗެނަލެއް ހިންގަ އެވެ. އެ ޗެނަލް މެދުވެރިކޮށް ވެސް ކުޅިވަރު ޕްރަގްރާމްތަކާއި މެޗުތަކާއި އަދި މުނިފޫހިފިލުވުމުގެ ތަފާތު ޕްރަގްރާމްތައް ގެނެސް ދެއެވެ. މީގެ އިތުރުން މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕް މެދުވެރިކޮށް ފިލްމުތަކާއި ޑްރާމާ ސިރީޒް އަދި މުނިފޫހިފިލުވުމުގެ ތަފާތު ޕްރަގްރާމްތައް ގެނެސް ދޭނެ އެވެ.