އެމްޑަބްލިއުއެސްސީ

ދުވާފަރުގައި އައިސް އަގު ހެޔޮކޮށްފި

Apr 4, 2021

ފެން ކުންފުނިން ރ. ދުވާފަރުގައި ހިންގާ އައިސް ޕްލާންޓުން އައިސްގެ އަގު ހެޔޮ ކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީން އައިސް ވިއްކާ އަގަށް ގެނައި މި ބަދަލާއެކު ކުރިން 1،275ރ. އަށް ވިއްކަމުން އައި އައިސް ޓަނެއް ދެން ވިއްކާނީ 1،050ރ. އަށެވެ.

އެ ކުންފުނިން ބުނީ އައިސްގެ އަގު ހެޔޮ ކުރީ ދުވާފަރާއި އަދި އެ ސަރަހައްދުގެ މަސްވެރިންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ބަލައި އާއްމުކޮށް ހުރިހާ ފަރާތްތަކަށް ހާއްސަކޮށް މަސްވެރިންނަށް ހެޔޮ އަގެއްގައި އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސާށެވެ.

އެމްޑަބްލިޔުއެސްސީން ދުވާފަރުގައި އައިސް ޕްލާންޓެއް ހަދައި 2013 ވަނަ އަހަރުން ފެށިގެން ދަނީ އައިސް ވިއްކަމުންނެވެ. މިއީ މަސްވެރިކަމާއި އަދި އެހެނިހެން ވިޔަފާރިތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ހިދުމަތަކަށް ވުމާއެކު އެ ކުންފުނިން މި ހިދުމަތް ފޯރުކޮށް ދެނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާއްމު ހިދުމަތެއްގެ ގޮތުގަ އެވެ.

ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި ރޭގަނޑު 22:00 އާއި ދެމެދު ދުވާފަރުން އައިސް އަށް އޯޑަރު ކުރެވެ އެވެ.