އުރީދޫ

މޫލީއިން އައިޕެޑާއި މެކްބުކް ޕްރޯ ޕްރީއޯޑަރަށް

Apr 5, 2021

އެޕަލް ގެ އެންމެ ފަހުގެ އައިޕެޑްޕްރޯ އާއި މެކްބުކް އެއާ އަދި މެކްބުކް ޕްރޯ ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު އުރީދޫ އަށް މޫލީ އިން ހުޅުވާލައިފި އެވެ.

އުރީދޫން ބުނީ އީ ކޮމާސް ޕްލެޓްފޯމް މޫލީ އިން އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ އާއި މެކްބުކް އެއާ އަދި މެކްބުކް ޕްރޯގެ އިތުރުން އުރީދޫ އެޕް މެދުވެރިކޮށް ޕްރީ އޯޑަރު ދެވޭނެ ކަމަށެވެ. އަދި މޫލީ ޕްލެޓްފޯމް މެދުވެރިކޮށް އެޕަލްގެ އެންމެ ފަހުގެ މި ޑިވައިސް ތަކަށް ރައްކާތެރިކަމާއެކު ބީއެމްއެލް ނުވަތަ އެމް-ފައިސާ މެދުވެރިކޮށް އޮންލައިން ފައިސާވެސް ދައްކާލެވޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަ ކޮށް ދިނުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

މި ތަކެތި އޯޑަރުދޭ ފަރާތްތަކުގެ ގޭގެއަށް އެޕްރީލް މަހުގެ ތެރޭގައި ގެންގޮސް ދޭނެ ކަމަށެވެ.

އެޕަލްގެ މި އުފެއްދުން ގެންގޮސްދޭ އަގުތައް

  • އައިޕެޑް ޕްރޯ 12.9 (256 ޖީބީ) 22،299ރ. އަށް
  • މެކްބުކް އެއާ 13 (512 ޖީބީ) 22،599ރ. އަށް
  • މެކްބުކް ޕްރޯ 13 (512 ޖީބީ) 32،199.01ރ. އަށް

ފުޅާވަމުން އަންނަ އީ-ކޮމާސް ޕްލެޓްފޯމް މޫލީގެ ހާއްސަ އެއް ކަމަކީ ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް ފަސޭހަކަމާއި އެކު ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރި ތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މޫލީ އިން ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ