އުރީދޫ

ހިތާދޫ ގޭގެއަށް އުރީދޫ ސުޕަނެޓް

Apr 10, 2021

ސަތޭކަ އެމްބީޕީއެސް އާއި ހަމަ އަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ބ. ހިތާދޫ އަށް ދީފި އެވެ.

ހަލުވި ސްޕީޑްތަކާއި ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ހިތާދޫ އިން ހޯދާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް އުރީދޫން ހިލޭ ދޭނެ އެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ހިތާދޫ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ހިދުމަތް މެދުވެރިކޮށް ހޯދޭ ގިނަ ފައިދާތަކާއި ހިތާދޫ ރައްޔިތުން ގުޅުވާދެވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ދިވެހި ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރި އަށް ގެންދާނެކަމުގެ ޔަގީންކަން އަރުވަން،" ނިޔާޒު ވިދާޅުވި އެވެ.

"ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހެޔޮއަގުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ތެރެއިން މިއަހަރު ތެރޭގައި މިވަނީ ފަސް ރަށަކަށް އުރީދޫ ސުޕާނެޓްގެ ހިދުމަތް ފޯރުކޮށްދެވިފަ. ހަމަ އެއާއެކު، 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖްތަކާއެކު މި މިހިދުމަތް މިއަދު މި ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ނިޔާޒް ވިދާޅުވީ ޑިޖިޓަލް ހިދުމަތްތައް އިތުރުވެފައިވާތީ ދަރިވަރުންނަށާއި ކުންފުނިތަކަށް އަދި އާންމު ދިރިއުޅުމަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތުގެ މުހިންމުކަންވަނީ އިތުރުވެފައި ކަމަށާއި އުރީދޫ އިން މުޖުތަމައުތަކުގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އިތުރު ފުރުސަތުތައް ހުޅުވާލަދިނުމަށްޓަކަައި މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރިއަށްގެންދާނެކަމުގެ ޔަގީންދޭ ކަމަށެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް އިތުރު ސްޕީޑާއެކު 68 ޕަސެންޓާ އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ލިބޭނެ އެވެ.