ހަބަރު

އާ ހާބަރު ސަރަހައްދުން ފެނުނީ ބޮމެއް ނޫން: އެމްއެންޑީއެފް

އާ ހާބަރު ސަރަހައްދުން މިއަދު ހެނދުނު ފެނުނީ ގޮވާ އެއްޗެއް ނޫން ކަމަށް ސިފައިން ބުނެފި އެވެ.

ހާބަރު ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގެ ދަށުން ގޮވާ އެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ސިފައިންނާއި ފުލުހުން ވަނީ ހާބަރު ކަޑަ ތަކުން މީހުން ހުސްކޮށްފަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލެއް "އަވަސް" އަށް ވިދާޅުވީ ހާބަރު ސަރަހައްދުން ބޮމެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނުމުން ކަމަށާއި އަދި އެއީ ކޮން އެއްޗެއްކަން ޔަގީންކުރުމަށް މާފަންނު ސްޓޭޑިޔަމް އަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ބޮން ޑިފިއުސް ޓީމުން ބަލައި އެއީ ބޮމެއް ނޫން ކަން މިހާރު ވަނީ ކަށަވަރު ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާބަރު ސަރަހައްދުންގައި ބޮމެއް ގޮތަށް ތައްޔާރުކޮށްފައި އޮތީ ބޮމެއް ނޫން ކަމަށް އެމްއެންޑީއެފް އިން ޔަގީން ކޮށްދިނުމަށް ފަހު މިހާރު އެ ސަރަހައްދު ވަނީ ހުޅުވައި މީހުން ނަށް ވަނުމުގެ ހުއްދަދީފަ އެވެ.

އިއްޔެ ވެސް ސްޓެލްކޯ ކައިރީގައި އޮތް ކާރެއްގައި ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ސިފައިންގެ ބޮން ސްކޮޑުން އެ ހިސާބުގައި ހަރަކާތްތެރިފައިވެ އެވެ. ނަމަވެސް އެއީ ބޮމެއް ނޫނެވެ.