ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް 19: އިންޑިއާއިން ބްރެޒިލް ބަލިކޮށްފި

ދުނިޔެއަށް ކޮވިޑް ޖެހުނު ފަހުން 2.93 މިލިއަން މީހުން މި ބަލިގައި މަރުވެއްޖެ އެވެ. ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން ބުނާ ގޮތުން ބަލިޖެހުނު މީހުންގެ އަދަދު 136 މިލިއަށް ވަނީ އަރާފަ އެވެ. މިއީ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން އެއްކޮށްފައި ހުރި މައުލޫމާތުން ފެންނަ އަދަދެވެ. އެހެން ބައެއް އިދާރާތަކުން ހޯދާފައި ހުރި މައުލޫމާތަށް ބަލާއިރު ކޮވިޑްގައި މަރުވި އަދަދު ތިން މިމިއަން އަރައިފި އެވެ.

އިންޑިއާގައި ކޮވިޑް ހާލަތު ހިންދެމިލާފައި އޮތުމަށް ފަހު ވަނީ ބިޔަ ރާޅެއް ބޯމަތިވެފަ އެވެ. އެ ގައުމުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި 168،912 މީހުންނަށް ކޮވިޑް ޖެހުނު ކަމަށް ވަނީ ރެކޯޑް ކޮށްފަ އެވެ.

ރޮއިޓާސް ބުނާ ގޮތުން އިންޑިއާގެ ހާލަތު މިހާރު ވަނީ ބްރެޒިލަށް ވުރެ ވެސް ގޯސްވެފަ އެވެ. އިންޑިއާގައި 13.53 މިލިއަން މީހުންނަށް ކޮވިޑްޖެހިފައި ވާއިރު، ބްލެޒިލްގައި މި އަދަދު އުޅެނީ 13.45 މިލިއަންގަ އެވެ. އެހެންކަމުން ކޮވިޑްގައި އިންޑިއާއިން މިވަނީ ބްރެޒިލް ފަހަތަށް ޖައްސާފަ އެވެ.

ކޮވިޑްގެ ހާލަތު އެންމެ ދަށް ގައުމަކީ އަދި ވެސް އެމެރިކާ އެވެ. އާންމުނަށް ފެންނަ ގޮތަށް ހުރި ރެކޯޑްތަކުން ދައްކާ ގޮތުން އެމެރިކާގައި 31.2 މިލިއަން މީހުންނަށް ކޮވިޑްޖެހިފައި ވެއެވެ. އަދި 562،000 މީރުން މަރުވެފައި ވެއެވެ.