އަބްދުﷲ ޝާހިދު

ޝާހިދު އިންޑިއާއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދު އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަކީ އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ކުރައްވާ ދަތުރުފުޅެއް ކަމަށާއި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރް އާއި ބައްދަލު ކުރައްވައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.


މިނިސްޓަރު ޝާހިދު ވަނީ މިދިޔަ މަހު ވެސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފަ އެވެ. އެފަހަރު ވަޑައިގަތީ އިންޑިއާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.