އަބްދުﷲ ޝާހިދު

33 ގައުމެއްގެ މަންދޫބުންނާ ޝާހިދު ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އާއި މިއަދު ޖުމްލަ 33 ގައުމެއްގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި އެވެ.

ދިއްލީގައި ތިއްބަވާ 33 ގައުމެއްގެ ސަފީރުންނާއި މަންދޫބުންނާއެކު ބޭއްވެވި މި ބައްދަލުވުންތަކުގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކާއި ވެކްސިނޭޝަންގެ އިތުރުން ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ މަސްރަހުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަންދޫބުންނާއެކު މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ދިއްލީގައި ހުންނަވައިގެން ފަރަންސޭސިވިލާތާއި ސްރީލަންކާގެ ފޮރިން މިނިސްޓަރުންނާއި ފޯނުން ގުޅުއްވައި މިނިސްޓަރު ޝާހިދު ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ދިއްލީގެ ހައިދަރްއާބާދު ހައުސްގައި މިއަދު އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ އެސް ޖައިޝަންކަރާއެކު ވަނީ ބައްދަލު ކުރައްވާފައެވެ.