އެޗްއާރްސީއެމް

އަދީބުގެ ހައްގެއް ނިގުޅައިގަތް ކަމުގެ ރިޕޯޓެއް ނާދޭ: އެޗްއާރްސީއެމް

"ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔަމީން އަވަހާރަކޮށްލުމަށް ދިން ހަމަލާ އާއި އޭގެ ފަހުން ފެންމަތިވި ބައެއް ކަންކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސާއި އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ ކަންކަން ބަލަން ޒިޔާރާތް ނުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ ރައީސް އާމިނަތު އީނާސް މިއަދު ވިދާޅުވީ ބަދުގައި ތިބި ފަރާތްތަކަށް ޕްރޮޓޮކޯލް ތަކުގެ ދަށުން އެޗްއާރްސީއެމް އިން ޒިޔާރަތް ކުރަނީ ބަނދުގައި ހުއްޓާ ބައެއް ކަހަލަ އަނިޔާ ލިބުން ފަދަ މައްސަލައެއް އެކޮމިޝަނަށް ރިޕޯޓު ކުރުމުން ކަމަށާއި މިހާތަނަކަށް އެފަދަ މައްސަލައެއްގެ ރިޕޯޓެއް އެޗްއާރްސީއެމް އަށް ލިބިފައި ނެތް ކަމަށެވެ. އެހެންވެސް ދޫނިދޫއަށް ޒިޔަރަތް ނުކުރާށެވެ.

"ކޮމިޝަނުން ހަމައެކަނި ބަނދުގައި ހުންނަ މީހަކަށް ވިޒިޓް ކުރަނީ އެމީހަކަށް ލިބިފައި ހުރި ހައްގު ތަކުގެ ބޭރުން އެމީހަކަށް އަނިޔާތަކެއް ލިބެމުންދާ ކަމުގެ މައްސަލައެއް ރިޕޯޓުކުރުމުން. ނަމަވެސް މިހާތަނަށް އަދީބަށް ނުވަތަ އެމައްސަލާގައި އޭނައާއެކު ބަނދުގައި ހުރި އެއްވެސް ފަރާތަކާމެދު އެފަދަ އަމަލެއް ކޮށްފައިވާ ކަމަށް [އެޗްއާރްސީއެމް] އަށް ރިޕޯޓުކޮށްފައި ނުވޭ. އެހެންވެ އަދި އެފަރާތްތަކަށް ޒިޔާރަތެއް ނުކުރަން،" އީނާސް ވިދާޅުވި އެވެ.

އަދީބު ބަނދުގައި ހުންނެވި އިރު އޭނާއާ މެދު ކަންކަންކޮށްފައި ވަނީ ބޭއިންސާފުން ކަމަށް އޭނާގެ ވަކީލު ހުސައިން ޝަމީން ވަނީ ވިދާޅުވެފަ އެވެ. މިއަހަރު ކުރީކޮޅު އެޗްއާރްސީއެމް ގެ ޓީމެއް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްސޭރި ޖަލަށް ބަދަލުކޮށްފައިވާ އިރު އެތަނުގެ ހާލަތު ބެލުމަށް ޒިޔާރަތް ކޮށްފަ އެވެ.



"