ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފަސް ޕަސެންޓަށްވުރެ ޕޮޒިިޓިވް ރޭޓް މަތި ރަށްރަށް އިއުލާނު ކުރަނީ

އާބާދީގެ ފަސް ޕަސެންޓަށްވުރެ ސާމްޕަލް ޕޮޒިޓިވްވީ ރޭޓް މަތި ރަށްރަށް މާދަމާ އިއުލާނު ކުރާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ވެކްސިންގެ ދެ ޑޯޒް ޖެހުމުން ކަރަންޓީނުނުވެ ރަށްރަށަށް ދެވޭ އުސޫލެއް ވަނީ އާންމުކޮށްފަައެވެ.

އުސޫލުގައި ބުނެފައިވަނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އެރަށަކަށް ކަރަންޓީންވުމާ ނުލާ ދަތުރު ކުރެވޭނެ ކަމަަށެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިނުވާ ރަށްްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފްތާ ވެފައިވާ މީހުންނަށް ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ އެވެ.

ނަމަވެސް އެފަދަ މީހުންނަށް ދަތުރު ކުރެވޭނީ ރަށެއްގައި ބަލި އުޅޭ ނިސްބަތް ފަސް ޕަސެންޓަށްވުރެ މަތި ރަަށަކުން އެ ނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ޓެސްޓާއެކުގައެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ މީހުންނާއެކު ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުންވާނެ އެވެ.

މި އުސޫލު އާންމު ކުރުމާއެކު އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ރަށްރަށާއި ބަލި އުޅޭ ރަށްްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓް ދަށް ރަށްރަށާއި ފަސް ޕަސެންޓަށްވުރެ މަތި ރަށްރަށް އެޗްޕީއޭއިން އާންމު ކުރަން ޖެހެއެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު މިއަދު ވިދާޅުވީ އާބާދީގެ ފަސް ޕަސެންޓަށްވުރެ ސާމްޕަލް ޕޮޒިޓިވްވީ ރޭޓް މަތި ރަށްރަށް މާދަމާ އިއުލާނު ކުރާނެ ކަމަށެވެ.

"މާދަމާ އަޅުގަނޑުމެން، އާބާދީގެ ފަސް ޕަސެންޓަށްވުރެ ސާމްޕަލް ޕޮޒިޓިވްވީ ރޭޓް މަތި ރަށްރަށް އިއުލާނު ކުރާނެ މިވަގުތަށް. އަދި ކުރިއަށް އޮތްތަނުގައި ކޮންމެ ހަފްތާއަކު މި ގޮތަށް ރަށްރަށް އިއުލާނު ކުރަމުންދާނެ،" ނަޒްލާ ވިދާޅުވިއެވެ.

ޕީސީއާރު ނެގެޓިވް އޮންނަން ޖެހޭ މީހުން

  • ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތް ކުރާ މީހުން،
  • ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން،
  • ސުކޫލުތަކުގައި މަސައްކަތް ކުރާ މީހުން،
  • ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުން،

ފަތުރުވެރިން ހިމެނޭ ގޮތަށް ރާއްޖެއިން ބޭރުން އަންނަ މީހުންވެސް ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް ދެ ހަފްތާވެފައިވާ ނަމަ ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުމެއް ނުވާނެ އެވެ. އަދި ކަރަންޓީންވާންވެސް ނުޖެހޭނެ އެވެ.