އަބްދުﷲ ޝާހިދު

ޝާހިދު ކުވެއިތައް ވަޑައިގެންފި

Apr 19, 2021

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުވޭތައް ވަޑައިގެންފި އެވެ.

ޝާހިދު ކުވޭތައް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ނަސެރް އަލް މުހައްމަދު އަލް ސަބަހް އާއި އެގައުމުގެ ބައެއް އެހެން އިސްވެރިންނާ ބައްދަލު ކުރައްވައި ދެ ގައުމުގެ ދެމެދުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާތައް ކުރައްވާނެ އެވެ.

މީގެ އިތުރުން ތަރައްގީގެ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައް ވާނެ އެވެ.

މިއީ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތް ފަހުން ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ކުވެއިތައް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.